ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް އެކަނި ތަހުގީގު ނުކުރެވޭނެ: ސުޕްރީމް ކޯޓު

އަދަދު

18 ޖޫން 2025 | ބުދަ | 1:53

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ނެރުނު އަމުރު ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެގޮތަށް ހައި ކޯޓުން ކަނޑައެޅީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.

ހައި ކޯޓުގެ އަމުރު ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލާގައި ރިޔާސަތު ބެލެހެއްޓެވީ އެ ކޯޓަށް މިފަހުން އައްޔަނުކުރި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ޝަހިދުގެ އިތުރުން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އަދި މީގެ ހަފްތާއެއްހާ ދުވަސްކުރި އެ ކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރި އަބްދުالله ހަމީދު އެވެ.

މައުޟޫޢުތަށް