މާލެ ސިޓީ ކައުންސިލުގެ ބިޑް އިވެލުއޭޝަން ނިޒާމު ވަރުގަދަ ކުރަން އިތުރު ކޮމިޓީއެެއް
އަދަދު
18 ޖޫން 2025 | ބުދަ | 6:22
މާލެ ސިޓީ ކައުންސިލްގެ ބިޑު އިވެލުއޭޝަން ވަރުގަދަކުރުމަށް އިތުރު ކޮމިޓީއެއް އެކުލަވާލަން އެ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މި ކޮމިޓީ އެކުލަވާލަން ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމެވެ. މި ކޮމިޓީއަށް ކިޔަނީ ޕްރޮޕޯސަލްސް އިވެލުއޭޝަން ކޮމިޓީ އެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މި ކޮމިޓީން ކުރާނެ މަސައްކަތަކީ ކައުންސިލަށް ލިބޭ ޕްރޮޕޯސަލް ތަކަކީ ރައްޔިތުންނަށް ފައިދާހުރި ހުށަހެޅުންތަކެއްތޯ ބެލުން ކަމަށެވެ. މި ކޮމިޓީން އެ މަސައްކަތް ކުރި ނަމަވެސް ޕްރޮޕޯސަލް މިހާރު އޮންނަ ބިޑު ކޮމިޓީއަށް ދާނެ ކަމަށާއި މިއީ މަސައްކަތް ހަރުދަނާ ކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށެވެ.