ގުރައިދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
އަދަދު
18 ޖޫން 2025 | ބުދަ | 9:19
ތ. ގުރައިދޫގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި، އެމްޓީސީސީން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެއާޕޯޓު އެޅުމަށް ގުރައިދޫގެ ފަޅުން ހިއްކަނީ 13.8 ހެކްޓަރުގެ ބިމެވެ. މި މަޝްރޫއަށް ޖުމްލަ 106 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.