ޑިމޮކްރެޓުން އެމްޑީޕީއާ ގުޅޭތީ ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

އަދަދު

19 ޖޫން 2025 | ބުރާސްފަތި | 9:16

ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އެނބުރި އައުމަށް ނިންމާފައިވާތީ އެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސޯލިހު އެކްސް ގައި އެ މަނިކުފާނު ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގެ ވީޑިއޯ ކްލިޕެއް ވެސް ހިމަނާފައިވެ އެވެ. އެ ވީޑިއޯ ކްލިޕްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިޝާރާތް ކުރައްވެފައި ވިދާޅުވެފައި ވަނީ އެ މަނިކުފާނާމެދު އޮތް ޒާތީކަން ދޫކޮށްލައި، އިސްލާހީ މަސައްކަތްތައް ފެށުމަށް ވަޑައިގަތުމަށެވެ.

"މިއީ [އެމްޑީޕީއަކީ] ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީއެއް. އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީއެއް. އެކީގައި ވަޑައިގަންނަވަންވީ ހަމަ. އެ ޒާތީ އޭރު އެހެރި މައްސަލަތައް އެކަހެރި ކުރެވޭނެ އިނގޭތޯ، އަޅުގަނޑާ ދޭތެރޭގައި ވެސް އެހުރި މައްސަލައެއް ވިޔަސް. ގައުމަށާއި އަޅުގަނޑުމެން މިކުރި މަސައްކަތްތަކެއް އަދި ނިމުމަކަށް ނުދޭ އަޅުގަނޑުމެން އެ ދުވަހު ފެށި މަސައްކަތް،" ވީޑިއޯ ކްލިޕްގައި ސޯލިހު ވިދާޅުވެ އެވެ.

މައުޟޫޢުތަށް