ރަސްމާލެ މަޝްރޫއު: އެމްޓީސީސީއިން ހިއްކި 10 ހެކްޓަރަށް 1.6 މިލިއަން ޑޮލަރު ދައްކަން ސީއެމްސީއަށް ހުކުމެއް
އަދަދު
19 ޖޫން 2025 | ބުރާސްފަތި | 5:40
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްކި ރަސްމާލޭގެ 10 ހެކްޓަރަށް 1.6 މިލިއަން ޑޮލަރު ދެއްކުމަށް އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) ގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ސީއެމްސީއާ އެވެ. އެއީ ސީއެމްސީން ހަރަދުކޮށްގެން ރަސްމާލެ ހިއްކުމުގެ ބަދަލުގައި ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ރަސްމާލޭން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިމުގެ ޑިވެލޮޕްމަންޓް ރައިޓްސް 99 އަހަރަށް އެ ކުންފުންޏަށް ދޭ ގޮތަށެވެ.
ޑިސެމްބަރު 18، 2023، ގައި ސޮއިކުރި އެ އެއްބަސްވުން ބާތިލުކުރީ އެ ކުންފުންޏަށް އެ މަސައްކަތް ނުކުރެވުމުންނެވެ. އަށް މަހުން އެ ކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ ދަށުން ހިއްކަން ބުނި ސަރަހައްދުގެ އެންމެ 2.5 ޕަސެންޓެވެ.