ބާ ކައުންސިލްގެ ނައިބު ރައީސްކަމަށް ޝަމީލް
އަދަދު
21 ޖޫން 2025 | ހޮނިހިރު | 8:38
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ނައިބު ރައީސް ކަމަށް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު، އިބްރާހިމް ޝަމީލް އިންތިހާބުވެއްޖެ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބުގައި އެ ކައުންސިލްގެ ނައިބު ރައީސް ކަމަށް ޝަމީލް އިންތިހާބުވީ 291 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި މައާޝާ ލުތުފީއަށް ލިބުނީ 216 ވޯޓެވެ.
އެ އިންތިހާބުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ވެސް ދެ މެންބަރުން އިންތިހާބު ކުރި އެވެ. އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުވީ 294 ވޯޓު ހޯދި އަބްދުالله ނާހިދު އާއި 284 ވޯޓު ހޯދި އަހުމަދު ޝާފިއު އެވެ. އެގްޒެކެޓިވް ކޮމިޓީއަށް ދެން ވާދަކުރި ސަމާހަތު އަބްދުއްލަތީފްއަށް ލިބުނީ 146 ވޯޓެވެ.