ސަރުކާރުގެ ޝަރަފުވެރި މެހްމާނަކާއެކު ރާއްޖޭގައި ޔޯގާ ޑޭ ކުލަގަދަކޮށް ފާހަގަކޮށްފި
އަދަދު
21 ޖޫން 2025 | ހޮނިހިރު | 2:01
ސަރުކާރުގެ ހާއްސަ މެހެމާނަކާއެކު ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ބައިނަލްއަގްވާމީ ޔޯގާ ޑޭ މިއަދު ފާހަގަކޮށްފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމު ކުރި ޔޯގާ ޑޭ ފާހަގަ ކުރުމުގެ ހަފުލާ މި އަހަރު ބޭއްވީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ. އެ ހަރަކާތުގައި ދިވެހި ސަރުކާރުގެ ހާއްސަ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.
ޔޯގާ ޑޭ ފާހަގަ ކުރަން ބޭއްވި ހަފުލާގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިއަހަރުގެ ޔޯގާ ޑޭގެ ޝިއާރަކީ "ޔޯގާ ފޯ ވަން އާތު، ވަން ހެލްތު" އެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ 11 ވަނަ ޔޯގާ ޑޭ އެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރި އެވެ.