އެތައް ހާސް ބަޔަކަށް ލަނޑު ދިނުމަށްފަހު ޖެމްކިއު ހުއްޓާލައި، ހަމަ އެ މީހުން އައު ސްކީމެއް ޕްރޮމޯޓުކުރަނީ

އަދަދު

21 ޖޫން 2025 | ހޮނިހިރު | 7:28

އެތައް ހާސް ބަޔަކު އިންވެސްޓްކުރި ޖެމްކިއު ނުވަތަ ޖީއެމްސީ ހުއްޓާލާ، އެ ޕިރަމިޑް ސްކީމް ޕްރޮމޯޓުކުރުމަށް މަސައްކަތްކުރި މީހުން އައު ސްކީމެއް ޕްރޮމޯޓުކުރަން ފަށައިފި އެވެ.

މަޖިލިސް މެންބަރުންނާއި ފުލުހުންނާއި ސިފައިން ހިމެނޭހެން ޖެމްކިއުއަށް އިންވެސްޓުކޮށްފައިވާ 50،000 އަށްވުރެ ގިނަ މީހުން ތިބޭ ގްރޫޕުތަކަށް އެ ސްކީމް ޕްރޮމޯޓުކުރަން އިސްވެ އުޅޭ މީހުން މިއަދު ފޮނުވި މެސެޖުތަކެއްގައި ބުނެފައިވަނީ އެ މީހުންނަށް ޖެމްކިއު އިން ލިބެންޖެހޭ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ. އެ ޕްލެޓްފޯމް ދެން ހިނގާނެ ކަމާމެދު ވެސް އެ މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.

ޖެމްކިއު ސްކީމް ހިންގާ މީހުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ފޮނުވި ސިޓީއެއް ކަމަށް ބުނެ ފޭކް ސިޓީއެއް ސްކީމުގެ ބައިވެރިން ތިބޭ ޓެލެގްރާމް ގްރޫޕަށް ލައި ފައިސާ ވިތުޑްރޯ ނުކުރެވޭ ގޮތް ހެދީ ހުކުރު ދުވަހު އެވެ. އެއީ ފޭކު ސިޓީއެއްކަން ވަނީ ހާމަވެފަ އެވެ. ޖަވާބު ނުލިބޭ ކަމަށް މިއަދު ބުނަމުން ދަނީ އެ ސިޓީއާއި ގުޅިގެން ޖެހިފައިވާ "މައްސަލަތަކަށެވެ."

މައުޟޫޢުތަށް