ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ފައްޔާޒުގެ ހުށަހެޅުމެއް

އަދަދު

22 ޖޫން 2025 | އާދިއްތަ | 11:25

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް ހޯދުން ލާޒިމުވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހަޅުއްވައިފި އެވެ.

އަދަދު ނޫހަށް މިއަދު ލިޔުއްވި ކޮލަމެއްގައި ފައްޔާޒު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރުމަކީ ފަސޭހަ ކަމަކަށް ވެގެން ނުވާނެ ކަމަށް ލިޔުއްވައިފަ އެވެ. އެ ކަމަށް އޮންނަންވާނީ ރައްޔިތުންގެ ތާއީދު ލިބޭ އިންސާފުވެރި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން ސަރުކާރުން އެދުނު ގޮތާ ހިލާފަށް މައްސަލައެއް ބެލޭނެ ކަމަށް ކަނޑައެޅި ހިސާބުން ފަނޑިޔާރުން ބަދަލުކުރެއްވި. ދެން ތިބި ފަނޑިޔާރުންނަށް ވެސް އެ ދެވުނީ ބޮޑު އިންޒާރެއް. އަދި އަލަށް ހުސްވި ޖާގަތަކަށް އައްޔަނުކުރި ފަނޑިޔާރުން ވެސް އަމަލުކުރަން މަޖުބޫރުވާނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަކަށް،" ފައްޔާޒު ހިޔާލު ދެއްވި އެވެ.

މައުޟޫޢުތަށް