ހުލާސާކޮށް އިއްޔެ: ދެއްކީ ހޮޅި ވާހަކަ، ޗާގޯސް ހޯދަން މަސައްކަތެއް ނުކުރޭ

އަދަދު

23 ޖޫން 2025 | ހޯމަ | 5:50

ޗާގޯސް ޖަޒީރާ ދިވެހި ދައުލަތުގެ ސިޔާދަތުގެ ދަށަށް ގެނައުމަށް ނުވަތަ އެތަނުގެ މިލްކުވެރިކަން ހޯދުމަށް މި ސަރުކާރުން މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރާކަން ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން ލޯޔަރު އަހުމަދު މައުރޫފް، އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ޗާގޯސްއާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އެ އޮފީހުން ބުނީ އެތަނުގެ މިލްކުވެރިކަން ހޯދުމަށް ރަސްމީކޮށް ދައުވާކުރަން ސަރުކާރުން ނިންމިކަން މިހާތަނަށް ނޭގޭ ކަމަށެވެ.

"އިސްވެ ހަވާލާ ދެންނެވުނު މައްސަލައިގައި ސަރުކާރުން ނިންމަވާ ގޮތެއް މި އޮފީހަށް އެނގިގެންދާނީ ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމުން ކަމުގައި ދަންނަވަން،" އޭޖީ އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް