ސުންގަޑި ހަމަވެފައި އޮތް މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ: މިނިސްޓަރު

އަދަދު

23 ޖޫން 2025 | ހޯމަ | 9:25

ދިވެހި މަސައްކަތްތެރިންނަށް އެންމެ ކުޑަކޮށް ދޭންޖެހޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ލޭބާ މިނިސްޓަރު އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖަކީ ކޮންމެ ދެ އަހަރަކުން ރިވިއު ކުރަން ޖެހޭ އެއްޗެކެވެ. ނޮވެމްބަރު، 2021، ގައި މިނިމަމް ވޭޖު ތައާރަފު ކުރި ފަހުން އަދި މިހާތަނަށް ރިވިއުކޮށްފައެއް ނުވެ އެވެ. ރިވިއު ކުރަން ޖެހޭ މުއްދަތު ހަމަވީ ނޮވެމްބަރު، 2023، އަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މިނިމަމް ވޭޖާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ މައުރޫފް ޒާކިރު ސުވާލު ކުރެއްވުމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މިދިޔަ ސަރުކާރުން މިނިމަމް ވޭޖް ރިވިއުގެ މަސައްކަތްކޮށްފައިނުވާތީ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އަލުން ހަމަޖައްސަން ޖެހުމަކީ ވެސް ރިވިއު ލަސްވި އެއް ސަބަބު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް