ކައުންސިލުތަކުގެ އެކައުންޓުތަކުގައި އެއްވެސް ބަޔަކަށް "އަތް ނުލެވޭ" ދެ ބިލިއަން ރުފިޔާ

އަދަދު

23 ޖޫން 2025 | ހޯމަ | 10:22

ލޯކަލް ކައުންސިލުތަކުގެ އެކައުންޓުތަކުގައި، އަހަރު ނިމޭ އިރު ބަޖެޓުން ހަރަދު ނުކޮށް ބާކީ ހުރި ފައިސާ ޖަމާވަމުން އައިސް މިހާރު ބޭންކުތަކުގައި އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ހާމަކޮށްފި އެވެ.

ލޯކަލް ކައުންސިލުތަކުގެ ބަޖެޓާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރަން މައުލޫމާތު ހޯދި އިރުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ބޭނުން ނުކޮށް ހުރި ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ނާޒިމް ވިދާޅުވިއިރު ހަވާލާދެއްވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފޮނުވި ސިޓީއަކަށެވެ. އެ ސިޓީގައި ހުރި އަދަދުތައް އޭނާއަށް ވަރަށް ބޮޑަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވަމުން ނާޒިމް ވަނީ މިދިޔަ އަހަރު ނިމުނުއިރު ބޭންކުތަކުގައި ބާކީ 2.1 ބިލިއަން ރުފިޔާ ހުރި ކަމަށެވެ.

މައުޟޫޢުތަށް