ހުލާސާކޮށް އިއްޔެ: އެންމެން އެކުގައި މުއިއްޒު ބަލިކުރާނެ ކަމުގެ ޔަގީންކަން
އަދަދު
24 ޖޫން 2025 | އަންގާރަ | 6:00
އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ މެންބަރުންނާއެކު އެމްޑީޕީ އެކަތިކަނޑެއްގެ ގޮތުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކުރާނެ ކަމަށް އެ ޕަޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ އޭނާގެ އުންމީދަކީ އެމްޑީޕީގެ ހުރިހާ މެންބަރުންނާއި އިސްވެރިން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން އެކުގައި މި މަސައްކަތް ކޮށް. އެކުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކުރުން. މި ގައުމު އަޅުގަނޑުމެން އަނބުރާ ހޯދުން. ހަމަ ގައިމުވެސް ތިޔަ ބޭފުޅުންނާ އެއްކޮށް އެ މަސައްކަތް ކުރުމުގަ އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ފައްޔާޒު ވިދާޅުވި އެވެ.