ކުރީ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް އުތުރު ތިލަފަޅުން ގޯއްޗާއި ފްލެޓު ދޭން ޔޫނިއަން އިން ގޮވާލައިފި

އަދަދު

29 ޖޫން 2025 | އާދިއްތަ | 2:01

މިދިޔަ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން އުތުރު ތިލަފަޅު ހިއްކައި، އެ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް އެ ތަނުން ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް އެ ސްކީމުގައި ބައިވެރިވާން ހުށަހެޅި މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާ އުތުރު ތިލަފަޅު ޔޫނިއަނުން ބުނެފި އެވެ.

އުތުރު ތިލަފަޅު ޔޫނިއަންގެ ފަރާތުން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެ ޔޫނިއަންގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެގޮތުން، ފޯމުތައް އިވެލުއޭޓް ނުކުރުމާއި، ގޯތި ދިނުމަށް މަސައްކަތް ކުރަމުން ނުދާތީ އާއި، އުތުރު ތިލަފަޅުގައި ތަފާތު އެކި މަޝްރޫއުތައް ހިންގަން ސަރުކާރުން ހާމަކޮށްފައިވާ ކަންކަމާ މެދު އެ ޔޫނިއަންއިން ނުރުހުން ފާޅުކުރި އެވެ.

"އުތުރު ތިލަފަޅުން ގޯތި ދިނުމަށް ކުރީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ކުރީ ސަރުކާރުން އެކުލަވާލާފައިވާ އަދި ގެޒެޓުކޮށްފައިވާ ގޮތަށް، އެ ހުށަހަޅާފައިވާ ފޯމުތައް އަވަހަށް އިވެލުއޭޓް ކުރަން ފައްޓަވާށޭ. ހަމަ އެއާއެކު ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، އެއީ ރައްޔިތުންނަށް ލިބިފައިވާ ފްލެޓުތަކާއި ގޯތިތައް، ކުރީ ސަރުކާރުން އެކަށައަޅައި ކަނޑައަޅާފައިވާ ގޯތިތަކާއި، ހުރިހާ ފްލެޓުތައް ދީ ނިންމަވާށޭ،" އެ ޔޫނިއަންގެ ފަރާތުން ވަކީލު އަލީ ހުސައިން ވިދާޅުވި އެވެ.

މައުޟޫޢުތަށް