ގެއްލުމުގެ ބަދަލު ހޯދަން ބައެއް ފަރާތްތަކުން ފޭކު ލިޔުން ހުށަހަޅާ ކަމަށް ނިޔާޒީ ވިދާޅުވެއްޖެ
އަދަދު
24 ޖޫން 2025 | އަންގާރަ | 2:00
ދައުލަތާ ދެކޮޅަށް ހުށަހަަޅާފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި، ފޭކު ލިޔެކިޔުންތައް ހުށަހަޅާފައި ހުރި ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނިޔާޒީ، ވަކި މައްސަލައެއް ނަން ނުގަނެ، ވިދާޅުވީ ބަދަލު ހޯދަން ހުށަހަޅާފައިވާ ހަތަރު މައްސަލައެއް އޮޑިޓު އޮފީހުން ބަލަމުން އަންނައިރު، އޭގެ ތެރޭގައި ފޯޖުކޮށްފައި ހުރި ކަމަށް ތުހުމަތުކުރެވޭ ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ފޯޖުކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ލިޔުންތައް ހުށަހަޅައިގެން އެބަހުރި ތަކެއްޗާއި ހިދުމަތާއި ދައުލަތަށް ފޯރުކޮށްދިން ކަމަށް ދައްކައިގެން އޭތި ކްލެއިމް ކުރަން،" ނިޔާޒީ ވިދާޅުވި އެވެ.