އެއްބަސްވުމަށް އަމަލުނުކޮށް އިރާނާއި އިޒްރޭލުން ހަމަލާ ބަދަލުކުރަން ފަށައިފި
އަދަދު
24 ޖޫން 2025 | އަންގާރަ | 1:23
މި މަހުގެ 13، ގައި އިޒްރޭލުން އިސްވެ އިރާނަށް ދިން ހަމަލާތަކާއެކު ފެށިފައިވާ ހަނގުރާމައިގެ ހަމަލާ ބަދަލުކުރުން ހުއްޓާލަން މިއަދު ހެދުނު ވީ އެއްބަސްވުން ބޮލާލައި ޖަހައި ދެ ގައުމުން ހަމަލާ ބަދަލުކުރަން ފަށައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހަމަލާތައް ހުއްޓާލި ފަހުން ފުރަތަމަ ހަމަލާ ދިނީ އިރާނުންނެވެ. އެ ގައުމުން ފޮނުވާލި މިސައިލުތައް ދާދި ދެންމެ ވަނީ އިޒްރޭލުގެ ބީރް ޝެބާ ސިޓީއަށް އަމާޒުވެފަ އެވެ. އެ ހަމަލާތަކުގައި މީހަކު މަރުވި ކަމެއް ނޭނގެ އެވެ. މިއަދު ހެދުނު ވެސް އިރާނުން އެ ސިޓީއަށް ހަމަލާތަކެއް ދީ ފަސް މީހަކު މަރާލި އެވެ.
ނަމަވެސް، އިރާނުން ވަނީ އެއްބަސްވުމުގެ ފަހުން އިޒްރޭލަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި ހަމަލާދިން ކަމަށް ބުނެ އިޒްރޭލުން ހަދަނީ ދޮގު ކަމަށް ބުނެފަ އެވެ.