ހުލާސާކޮށް އިއްޔެ: މައުލޫމާތު ލީކުކޮށްފި ނަމަ އޮތީ ޖަލު

އަދަދު

25 ޖޫން 2025 | ބުދަ | 6:04

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފި ނަމަ ޖަލަށް ލުމުގެ އަދަބު ވެސް ދެވޭނެކަން ބަޔާންކުރާ ގަރާރެއްގައި އެ އޮތޯރިޓީގެ ހުރިހާ މުވައްޒަފުން ލައްވައި ސޮއިކުރުވަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި ގަރާރުގެ ބައެއް ސަފުހާތައް އަދަދު އަށް ފެނިފައިވާއިރު، އޭގައި ބުނަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން އެމްއެމްއޭގެ ގަވާއިދުތަކާއި މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ކޮޑް ކޮންޑަކްޓުގެ ދަށުން އެމްއެމްއޭއިން ލިބޭ ނުވަތަ އެނގޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓަން ލާޒިމު ކަމަށެވެ.

"އަދި، އޮތޯރިޓީގައި އަހުރެން އަދާކުރާ ވަޒީފާ އަދާކުރުމުގައި އެނގޭ ނުވަތަ ލިބޭ އެންމެހާ މައުލޫމާތުގެ ސިއްރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981 އާއި އެ ގާނޫނުގެ ދަށުން، ހަދާ ގަވާއިދުތަކާއި، މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކޯޑް އޮފް ކޮންޑަކްޓް، އަދި އޮތޯރިޓީ އާއި އަހުރެންނާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް، ހިފާހައްޓާނެ ކަމުގެ ޔަގީންކަންދެމެވެ،" ގަރާރުގައި ބަޔާންކޮށްފައި ވެ އެވެ.

މައުޟޫޢުތަށް