އިޒްރޭލަށް ޖާސޫސް ކޮށްދިން ތިން މީހެއްގެ މައްޗަށް އީރާނުން މަރުގެ ހުކުމް ތަންފީޒުކޮށްފި

އަދަދު

25 ޖޫން 2025 | ބުދަ | 11:29

މޮސާޑްގެ ޖާސޫސުން ކަމަށް ތުހުމަތުކުރެވޭ އިތުރު ތިން މީހަކު ފާހަގަކޮށް، މަރާލާފައިވާ ކަމަށް އީރާނުގެ މީޑިއާއެއް ކަމަށްވާ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓު ކޮށްފި އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން ހުރި ނިއުސް އެޖެންސީ ކަމަށްވާ ތަސްނީމް ރިޕޯޓު ކުރި ގޮތުގައި، މި ތިން މީހުން ވަނީ އީރާނަށް ހަތިޔާރު އެތެރެކޮށްފަ އެވެ. މި ހަތިޔާރު ބޭނުންކޮށްގެން އީރާނުގެ ސަރުކާރުގެ އޮފިޝަލަކު މަރާލުމުގައި މި ތިން މީހުން ބައިވެރިވި ކަމަށް ވެސް ތަސްނީމް އިން ރިޕޯޓުކޮށްފައި ވެއެވެ.

ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި މި ތިން މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މައުޟޫޢުތަށް