ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި، މައްސަލަތައް ހުށަހެޅީ މެންބަރު ސައުދުﷲ: ތިނަދޫ މޭޔަރު ސައުދު
އަދަދު
25 ޖޫން 2025 | ބުދަ | 5:37
ތިނަދޫ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އެ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރަން ނިންމީ ސިޔާސީ ބޭނުމެއްގައި ކަމަށް ސައުދު ވިދާޅުވެއްޖެ އެވެ.
އެލްޖީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޑިރެކްޓަރު އަލީ އަބްދުﷲ ރަޝީދު ވިދާޅުވީ ތިނަދޫ ކައުންސިލަށް ފިޔަވަޅު އަޅަން ނިންމީ ދައުލަތުގެ އިދާރާތަކުންނާއި އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު ކަމަށެވެ.
މިކަމާ ގުޅިގެން އަދަދު އާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށާއި ކައުންސިލުން ތިބީ ޝަރުއީ މަރުހަލާއަށް ވެސް ތައްޔާރުވެގެން ކަމަށެވެ. ނަމަވެސް، މިހާތަނަށް ސަސްޕެންޑުކުރިކަން ރަސްމީކޮށް ނާންގާ ކަމަށް ސައުދު ވިދާޅުވި އެވެ.