އާ ޝަރުތެއް އުފަންކޮށްގެން ފްލެޓު އަތުލަމުން އަންނަ މައްސަލަ ބަލަން ކައުންސިލުން ބޭނުމެއް ނުވި
އަދަދު
25 ޖޫން 2025 | ބުދަ | 6:40
މުޅިން އާ ޝަރުތެއް އުފަން ކުރުމަށްފަހު އެކަމަށް ބިނާކޮށް އަދި ފަހުން ހާލަތަށް އަންނަ ބަދަލަކަށް ރިއާޔަތްކޮށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު ބައެއް މީހުންގެ އަތުން ފްލެޓު އަތުލާ މައްސަލަ ނުބަލަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
އަނބިމީހާ ނުވަތަ ފިރިމީހާއަށް ސޯޝަލް ހައުސިން ސްކީމަކުން ތަނެއް ލިބިފައި ނެތުމަކީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލިއިރު ފުރިހަމަވާންޖެހޭ ޝަރުތެއް ނޫނެވެ. އެކަމަކު، އަނބިމީހާ ނުވަތަ ފިރިމީހާއަށް ސޯޝަލް ހައުސިންއެއް ލިބިފައިވާ ނަމަ ފްލެޓު ނުލިބޭނެކަން މެއި 29، އިން ފެށިގެން ހައުސިން މިނިސްޓްރީ އިން ދަނީ އަންގަމުންނެވެ.
އޭގެ އިތުރުން، ފޯމު ހުށަހެޅި ފަހުން ހާލަތަށް އަންނަ ބަދަލަކުން ޕޮއިންޓު އުނި ކުރާ މައްސަލަ ބަލަން ވެސް ކައުންސިލުން ދެކޮޅު ހެދި އެވެ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ނިޔާވުމުން، އެކަމަށް ބިނާކޮށް ވެސް ޕޮއިންޓު އުނިކޮށްފައިވެ އެވެ.