ޓްރެއިނިންތަކުގެ ފެންވަރު ރަނގަޅުކުރަން ވިލާ ކޮލެޖުން ނާޑު އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
އަދަދު
25 ޖޫން 2025 | ބުދަ | 10:38
ވިލާ ކޮލެޖުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންގެ ތަމްރީނުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކޮލެޖުން ނާޑު ޕްރައިވެޓް ލިމިޓެޑާ އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.
ވިލާ ކޮލެޖުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އެއްބަސްވުމާއެކު ކުރިއަށް އޮތް ތަނުގައި ޑޮކްޓަރުކަމާއި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް އިތުރު ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، ސިއްހީ ހިދުމަތް ދެމުންދާ ނާޑުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފްލެބޮޓޮމީ ޓްރެއިނިންތަކާއި ލެބޯޓަރީގެ އާލަތްތައް ބޭނުންކޮށްގެން އިތުރު ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.