ހަތް ކިލޯގެ ޑްރަގާއި އެކު ހައްޔަރުކުރި 10 މީހުންނަށް ދައުވާ ކުރާ މިންވަރަށް ހެކި ނުލިބުމުން ދައުވާނުކުރި
އަދަދު
26 ޖޫން 2025 | ބުރާސްފަތި | 12:10
ރާއްޖެއަށް ބޯޓަކުން އެތެރެކުރަން އުޅުނު ހަތް ކިލޯގެ ޑްރަގާއި އެކު ހައްޔަރުކުރި އެ ބޯޓުގެ 10 ފަޅުވެރިންނަށް ދައުވާ ކުރާ މިންވަރަށް ހެކި ނުލިބުމުން ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.
ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާން އަހުމަދު ޝަފީއު އަދަދު އަށް ވިދާޅުވީ މާޗު 21، ގައި ޓީބީ މުތާ ޑައިމަންޑު ބޯޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ ހަތް މީހުންނާއި އިންޑޮނީޝިއާއަށް ނިސްބަތްވާ ތިން މީހުންގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ނުލިބުމުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
އެ ބޯޓުން ދަތުރުކުރި 10 މީހުން އެ ބޯޓުން ދަތުރުކުރުން ފިޔަވައި، އެ ބޯޓުގެ އިންޖީނު ރޫމްގެ ތެރޭގައި ހުރި ވަތްގަނޑެއް ތެރެއިން ފެނުނު މަސްތުވާތަކެއްޗާއި ގުޅުވައިދެވޭނެ އެހެން ހެއްކެއް ލިބިފައި ނުވާކަން ޝަފީއު ފާހަގަކުރެއްވި އެވެ.