އާރުޓީއެލްގެ ހިދުމަތް ރ. އަތޮޅުގައި ފަށައިފި، އަންނަ މަހު ބ. އަތޮޅުގައި ފަށަނީ

އަދަދު

26 ޖޫން 2025 | ބުރާސްފަތި | 4:37

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ރ. އަތޮޅުގައި ފަށައި، އަންނަ މަހު ބ. އަތޮޅުގައި އެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާނެ ކަމަށް ވީ ވައުދާ އެއްގޮތަށް އެ ހިދުމަތް ފެށީ މިއަދު ކަމަށެވެ. މިކަމާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް މެނޭޖްކުރާ ސަރުކާރުގެ ކުންފުނި އެމްޓީސީސީން މިއަދު އާންމުކޮށްފައިވާ ފެރީ ޝެޑިއުލުން ފެންނަ ގޮތުގައި ރ. އަތޮޅުގައި ފެރީގެ ހިދުމަތް ދެނީ ފަސް ރޫޓަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގެ ރަށްތަކާއި ވެރިކަން ކުރާ އުނގޫފާރާއި ގުޅުވާލާ ހަތަރު ރޫޓަކާއި އުނގޫފާރާއި އިފުރާ ދެމެދު ދަތުރުކުރާ ރޫޓެކެވެ.

މައުޟޫޢުތަށް