އެމްޑީޕީ ދެމި މިއޮތީ ވަކިވި އެކަކަށްވެސް ޕާޓީ ހިފައިގެން ނުދެވުނީމަ: ސޯލިހު

އަދަދު

26 ޖޫން 2025 | ބުރާސްފަތި | 10:55

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ 20 އަހަރުވަންދެން ދެމި އޮތް އެންމެ ބޮޑު ސަބަބަކީ ވަކިވި އެއްވެސް މީހަކަށް ޕާޓީ ހިފައިގެން ނުދެވުމުން ކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ރާއްޖެ ޓީވީ ގެ ޕްރޮގްރާމެއްގައި ސޯލިހު ވިދާޅުވީ އެމްޑީޕީ އާއި އެހެން ޕާޓީތަކާއި އޮތް ތަފާތަކީ ޕާޓީ ދޫކުރައްވައި ދިޔަ އެއްވެސް ބޭފުޅަކަށް މިހާތަނަށް ޕާޓީ ހިފައިގެން ނުދެވި، އެމީހަކު އަމިއްލައަށް ދާން ޖެހުން ކަމަށެވެ.

"އެމްޑީޕީގައި އެހެން ޕާޓީތަކާއި އޮތް ތަފާތަކީ، މިއަދު އެވާހަކަ ދެއްކުން އެހާ ރަނގަޅެއް ވެސް ނޫން ކަންނޭގޭ. އެހެންނަމަވެސް އެއްވެސް ބޭފުޅަކަށް ޕާޓީ ދޫކުރައްވައި ވަޑައިގެންނެވިއިރުގައި ޕާޓީ ހިފައިގެންނެއް ނުދެވުނު. އެ ބޭފުޅަކު ވަޑައިގަންނަވަން ޖެހުނީ. އަޅުގަނޑު މިދަންނަވަނީ މާކުރީއްސުރެ ފަށައިގެން،" ސޯލިހު ވިދާޅުވި އެވެ.

މައުޟޫޢުތަށް