ހުޅުމާލެ ހޮސްޕިޓަލަށް ރޭ 9:00 ހާއިރު ދިމާވި ކަރަންޓު މައްސަލަ ހައްލުވީ މިއަދު ހެނދުނު
އަދަދު
27 ޖޫން 2025 | ހުކުރު | 12:17
ހުޅުމާލެ ހޮސްޕިޓަލަށް ކަރަންޓުގެ މައްސަލައެއް ދިމާވާން ފެށީ ރޭ 9:00 ހާއިރު ކަމަށާއި އެ މައްސަލަ ހައްލު ނުވެ ރޭ ދަންވަރު އެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލިމީހުން އެހެން ތަންތަނަށް ބަދަލުކުރިކަން އެނގިއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލަށް މައްސަލައެއް ކުރިމަތިވެގެން އުޅޭކަން އެނގުނީ ޖެނެރަލް އޯޕީޑީގެ ހިދުމަތް ފޭސް 2 ގައި ހުންނަ ކްލިނިކަކަށް ބަދަލުކުރިކަން ރޭ ފަތިހު އެ ހޮސްޕިޓަލުން އިއުލާނުކުރުމާ ގުޅިގެންނެވެ.
އަދަދުއަށް މައުލޫމާތު ދިން އާންމުންގެ މީހަކު ވަނީ ރޭ ދަންވަރު ހުޅުމާލެ ހޮސްޕިޓަލުގައި ތިބި ބަލިމީހުން އެހެން ތަންތަނަށް ބަދަލުކުރި ކަމަށް ބުނެފަ އެވެ. ރޭ އިރާކޮޅުން ފެށިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑެމުން ދިޔަ ކަމަށާއި ހިދުމަތްތަކަށް ބުރޫއެރި ކަމަށް ވެސް އޭނާ ބުންޏެވެ.