މެލޭޝިޔާގައި ކިޔަވާ ދަރިވަރުންނަށް ޓެކްސްގެ ބުރަ އުފުލަން ނުޖެހޭ ގޮތަށް ކަންކަން ހަމަޖައްސައިދޭނަން: މިނިސްޓަރު

އަދަދު

28 ޖޫން 2025 | ހޮނިހިރު | 10:52

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން ޖުލައި 1، އިން ފެށިގެން ހަ ޕަސަންޓުގެ ޓެކްސްއެއް ނެގުމަށް އެ ގައުމުން ނިންމި ނަމަވެސް، ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

އަދަދު އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މެލޭޝިއާއިން އެފަދަ ޓެކްސްއެއް ނަގަން އުޅޭކަން މިހާތަނަށް ރަސްމީކޮށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ޓެކްސްއެއް ނަގާނަމަ، އެކަމާ ގުޅިގެން ދަރިވަރުން ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި އެނގިފައެއް ނެތް. އަޅުގަނޑުމެން އެބަ ބަލަން ކިހިނެއް ހިނގާ ކަމެއްތޯ. އަޅުގަނޑުމެން ދަރިވަރުންނަށް ބުރައަކަށް ނުވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް