ފައިނު އެކްސިޑެންޓު: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި، ޓީޗަރު އަދިވެސް ވެންޓިލޭޓަރުގައި

އަދަދު

29 ޖޫން 2025 | އާދިއްތަ | 8:37

ރ. ފައިނުގައި ލައިސަންސް ނެތް ކުޑަކުއްޖަކު ދުއްވި ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވީ ލައިސަންސް ނެތް ގްރޭޑް 10 ނިންމި ކުޑަކުއްޖެކެވެ. އޭނާ ދުއްވި ސައިކަލު ފަހަތުގައި އިނީ ގްރޭޑް ނުވައެގައި ކިޔަވަމުންދާ ކުއްޖެކެވެ. ސައިކަލު ގޮސް ޖެހުނީ ފައިނު ސްކޫލުގެ ޕްރިންސިޕަލް އަދި އިސްލާމް ޓީޗަރެއްގެ ގައިގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ 16 އަހަރުގެ ކުޑަކުއްޖާ އާއި 14 އަހަރުގެ ކުޑަކުއްޖާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދިނުމަށްފަހު މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ.

މައުޟޫޢުތަށް