ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް މިއަދު ވަޑައިގަންނަވަނީ
އަދަދު
29 ޖޫން 2025 | އާދިއްތަ | 10:05
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފްދެއް މިއަދު އެ ގައުމަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރައީސް މުއިއްޒު ކުރައްވާ އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުގެ ތެރެއިން ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.