މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ލީވާން، މުޒައްޔިން އަދި ވަޖުދާ އައްޔަނުކޮށްފި

އަދަދު

29 ޖޫން 2025 | އާދިއްތަ | 12:41

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރުކަމަށް އަލަށް އިންތިހާބުވި ތިން މެންބަރުންނާ މަގާމުގެ މަސްއޫލިއްޔަތު މިއަދު ހަވާލުކޮށްފި އެވެ.

ޖޫން 21، ގައި އޮތް އިންތިހާބު ބޮޑު ތަފާތުން ކާމިޔާބުކޮށް އެމްއެމްސީއަށް އަލަށް އިންތިހާބުވީ އަދަދު ނޫހުގެ ނޫސްވެރިޔާ، ލީވާން އަލީ ނާސިރު އާއި ދައުރު ނޫހުގެ ނޫސްވެރިޔާ، މުހައްމަދު މުޒައްޔިން ނާޒިމްގެ އިތުރުން ހައްވާ ވަޖުދާ އެވެ.

އެ ތިން ބޭފުޅުންނާ މަގާމުގެ މަސްއޫލިއްޔަތު މިއަދު ހަވާލު ކުރީ އިންތިހާބުގައި އެންމެ ވޯޓެއް ވެސް ނުލިބޭ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ މަގާމު ހަވާލު ކުރަން ޔޫތު މިނިސްޓްރީން ދެކޮޅު ހެދުމަށްފަހު އެވެ.

މައުޟޫޢުތަށް