ހަންކެޑެ ހުއްޓާލީ އައްޑޫ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް: ފައްޔާޒު

އަދަދު

29 ޖޫން 2025 | އާދިއްތަ | 10:37

އައްޑޫ ސިޓީގައި ކުރީ ސަރުކާރުން ތަސައްވުރުކޮށް މަސައްކަތް ފެށި ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ކުރިއަށް ނުގެންދިޔައީ އެ އަތޮޅުގެ ރައްޔިތުން އަމިއްލަ ފައި މައްޗަށް ތެދުވިޔަ ނުދިނުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައިގެން ހަންކެޑެ ޕްރޮޖެކްޓުގެ މަސައްކަތްތައް ވަރަށް ގާތުން ބެއްލެވި ފަައްޔާޒު މިހެން ވިދާޅުވީ ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ނުރުހުންވެވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރުގައި 400 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓު އައްޑޫއަށް ޔަގީންކޮށްދީފައި ވަނިކޮށް ހަންކެޑެ ޓޫރިޒަމަށް ހާއްސަކުރީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓައިލުމަށެވެ. އަދި ހަންކެޑެ ހަލާލު ޓޫރިޒަމް މޮޑެލްއަކަށް ނުހިންގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް