ސިންގަޕޫރުގައި ރައީސްގެ ދެކަނބަލުންގެ ނަމުން އޯކިޑަކަށް ނަން ދީފި

އަދަދު

30 ޖޫން 2025 | ހޯމަ | 1:43

ސިންގަޕޫރުގެ ގައުމީ އޯކިޑު ގާޑެން ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ގެ ނަމުން އޯކިޑު ގަހަކަށް ނަން ދީފި އެވެ.

"ވަންޑާ މުހައްމަދު މުއިއްޒު ސާޖިދާ މުހައްމަދު" ގެ ނަމުން ނަން ދީފައިވަނީ މުޅިން އައު އޯކިޑު ހައިބްރިޑް އަކަށެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ގަހަށް ނަން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެދުނު ކަމަށެވެ.

ރައީސްގެ ދެ ކަނބަލުން އިއްޔެ ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމީ ދަތުރެއްގަ އެވެ. ރައީސް އޮފީހުން ބުނީ އޯކިޑު ގަހަށް ރައީސްގެ ދެ ކަނބަލުންގެ ނަމުން ނަން ދިނުމަކީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދޭ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް