ބަންޑާރަނައިބު ފޮނުވި ނަމަވެސް ވަކި މީހަކަށް ފަހައިދޭ ކޯޓެއް ގޮތަށް ގާނޫނު ނުހަދަން ހުސެއިން ޝަރީފް ގޮވާލައްވައިފި

އަދަދު

1 ޖުލައި 2025 | އަންގާރަ | 10:42

ސަރުކާރުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން ޑްރާފްޓުކޮށް ފޮނުވި ނަމަވެސް ވަކި މީހަކަށްޓަކައި ފަރުމާކޮށްދޭ ކޯޓެއްގެ ގޮތުގައި ގާނޫނުތައް ނުހަދަން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު، ހުސެއިން ޝަރީފް ގޮވާލައްވައިފި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަމުންދާ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، އެންމެ އަހަރަކު ފަނޑިޔާރުކަން ކުރުމަށްފަހު ރިޓަޔާ ކުރާ ފަނޑިޔާރުންނަށް ވެސް ރިޓަޔާމެންޓުގެ ފައިސާ ލިބޭ ގޮތަށް އޮތުމުން އެކަމާ ދެކޮޅު ހައްދަވައި، ވާހަކަދައްކަވަމުން ހުސެއިން ވަނީ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ވެސް އަދި އެއްކޮޅު މެންބަރުން ވެސް އިންސާފާއި ހަމަހަމަކަމަށް ލޯބި ކުރުމަށް ގޮވާލައްވައިފަ އެވެ.

"ވަކި މީހަކަށްޓަކައި ފަރުމާ ކޮށްލެވޭ ނުވަތަ ލެވޭ ކޯޓެއްގެ ގޮތުގައި ގާނޫނުތައް ނުހަދަން، ވަކި މީހަކަށް އިނާޔަތް ދިނުމަށްޓަކައި ވަކި ގޮތަކަށް ކަންކަން ކަނޑަނާޅަން، އަޅުގަނޑުމެން ހިނގާށޭ މި އިއްޒަތްތެރި މަޖިލީހަށް އެޓާނީ ޖެނެރަލް، އޭޖީ ފޮނުވިކަމުގައި ވީނަމަވެސް 75،000ރ. 100،000ރ. ޖަހާފައި ފޮނުވިޔަސް އަޅުގަނޑުމެން ހިނގާށޭ މި އިއްޒަތްތެރި މަޖިލީހުން ފޮނުވާ ނިންމުންތަކަކީ ރައްޔިތުންގެ މެދުގައި ރައްޔިތުންނަށް ބަލައިގަނެވޭ [ނިންމުންތަކަކަށް ހަދަން]،" ހުސެއިން ވިދާޅުވި އެވެ.

މައުޟޫޢުތަށް