ސައީދު މިހާރު ވިދާޅުވަނީ އެސްއީޒެޑުތަކަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ކަށަވަރު ކުރެވިއްޖެ ކަމަށް

އަދަދު

1 ޖުލައި 2025 | އަންގާރަ | 10:29

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކަށް މިހާތަނަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ކަށަވަރު ކުރެވިފައިވާ ކަމަށާއި އަމާޒަކީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނައުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގައި ވަނީ އިންވެސްޓަރުންގެ ފޯރަމެއް ބާއްވައިފަ އެވެ. އެ ފޯރަމްގައި ވަނީ ސަރުކާރުން އިއުލާނު ކޮށްފައިވާ ސޯލާ ސިޓީގެ މަޝްރޫއުގައި ސޮއިކޮށްފަ އެވެ.

ސިންގަޕޫރުގައި ހުންނަވައި އެ ފޯރަމް ހުޅުވުމަށް ދެއްކެވި ވާހަކައިގައި ސައީދު ވަނީ އިންވެސްޓަރުންނަށް ރާއްޖޭގައި ފުރުސަތު އޮތް ކަމަށް ވިދާޅުވެ އިނެވެސްޓް ކުރުމަށް ދައުވަތު ދެއްވައިފަ އެވެ.

މައުޟޫޢުތަށް