އުއްތަމަ ފަނޑިޔާރަކީ ބޭނުންޖެހުނު ވަގުތު ހަނު ހުންނަވައި ގައުމަށް ގައްދާރުވެފައި ހުންނެވި ބޭފުޅެއް: އައްބާސް

އަދަދު

1 ޖުލައި 2025 | އަންގާރަ | 12:30

ސުޕްރީމް ކޯޓުގެ މިހާރުގެ އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާން އަކީ ދިވެހި ގައުމަށް ގައްދާރުވެފައި ހުންނެވި ބޭފުޅެއް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސް ކުރަމުންދާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ ކޯޓުގެ ބާރު ކަނޑުވައިލިއިރު، އުއްތަމަ ފަނޑިޔާރު ހަނު ހުންނެވުމަކީ ގައުމަށް ގައްދާރުވުން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ނުވަތަ ރިޓަޔާ ކުރައްވާފައި އެ ހުންނެވި އުއްތަމަ ފަނޑިޔާރަކީ ގައުމަށް ގައްދާރުވި ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު މިއަދު ސިފަ ކުރަނީ އިއްޒަތްތެރި ރައީސް، އެ ބޭފުޅެއްގެ ބޭނުން ގައުމަށް ޖެހުނު ހިނދު އެ ބޭފުޅެއްގެ ބޭނުން ގައުމަށް ޖެހުނު ހިނދު ދިވެހި ދައުލަތުން ރައްޔިތުންގެ ފައިސާއިން އިނަޔަތާއި ހިމާޔަތާއި ރައްކާތެރިކަން ނަގައި ހުންނަވައި ހަނު ހުންނެވުން އެއީ ގައުމަށް ގައްދާރުވުން،" އައްބާސް ވިދާޅުވި އެވެ.

މައުޟޫޢުތަށް