ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިމެނޭ: މުއްތަލިބު
އަދަދު
1 ޖުލައި 2025 | އަންގާރަ | 12:26
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ތަރައްގީކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިމި، މުޅި މަޝްރޫއުގެ 88.7 މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ 83 ޕަސަންޓުގެ މަސައްކަތް ނިމިފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގާ އަދި ކާގޯ ބިލްޑިންގެ 96 ޕަސަންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.