ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

އަދަދު

1 ޖުލައި 2025 | އަންގާރަ | 1:22

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރުމާ ގުޅިގެން ފެނަކައިގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން މުހައްމަދު އަބްދުލްކަރީމް އަދަދު އަށް ކަށަވަރު ކޮށްދެއްވި އެވެ.

"މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކުރުމާ ގުޅިގެން އަދާކުރަންޖެހޭ އިދާރީ ބައި ފުރިހަމަ ކުރުމުގެ ގޮތުން އިސްތިއުފާ ދީފިން،" މުހައްމަދު އަބްދުލްކަރީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް