ޗައިނާއިން ދިރާސާތަކެއް ކުރާ ރަސްފަރީ ފަރުގައި މުރަކަ އިންދަން އެހީވުމަށް އިންޑިއާ ވިޔަފާރިވެރިންގެ މަސްލަހަތު އޮތް ކުންފުންޏަކަށް

އަދަދު

3 ޖުލައި 2025 | ބުރާސްފަތި | 9:34

ރަސްފަރީ ފަރުގައި މުރަކަ އިންދުމުގެ ދިރާސާތަކެއް ކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައި އޮއްވައި، ހަމަ އެ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތަށް އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ ވިޔަފާރިވެރިންގެ މަސްލަހަތު އޮންނަ ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ރަސްފަރީ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތަށް އެހީތެރިވެދިނުމުގެ އެއްބަސްވުމުގައި އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ސޮއި ކުރީ އޮބްލޫ ސެލެކްޓް ބައި އެޓްމޮސްފިއާ އެޓް ސަންގެލި އާއެކު އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އިންޑިއާގެ ވިޔަފާރިވެރިޔާ ސަލީލް ޕަނިގްރާހީ އެވެ. ކުންފުނީގެ ބޯޑުގައި ވެސް އިންޑިއާގެ ވިޔަފާރިވެރިން ގިނަ އެވެ.

މައުޟޫޢުތަށް