އޭދަފުށީ ކައުންސިލު މުވައްޒަފުންނަށް އޯޓީ ލިމިޓެއް ނެތް، މުސާރައިގެ %86 ދީފައި އެބަހުރި
އަދަދު
3 ޖުލައި 2025 | ބުރާސްފަތި | 2:47
ބ. އޭދަފުށީ ކައުންސިލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަނޑައެޅިފައިވާ ލިމިޓެއް ނެތި އިތުރު ގަޑީގެ (އޯވަ ޓައިމް ނުވަތަ އޯޓީ) ފައިސާ ދެމުން ގޮސްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އޭދަފުށީ ކައުންސިލުގެ ކޮމްޕްލަޔަންސް އޮޑިޓުގައި، އޮޑިޓަރުން ބުނެފައިވާ ގޮތުގައި އޭދަފުށީ ކައުންސިލުގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރަމުން ދިޔައީ ސިވިލް ސާވިސްގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށެވެ.
ސިވިލް ސާވިސް ގަވާއިދުގައި އޮންނަނީ، އިތުރު ގަޑީގައި ކުރާ މަސައްކަތަކީ އެތަނެއްގެ ޒިންމާދާރުވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ހުއްދަ ލިބިގެން ކުރާ މަސައްކަތަކަށް ވާން ޖެހޭ ކަމަށެވެ. ނަމަވެސް އޭދަފުށީ ކައުންސިލުގެ މުވައްޒަފުންނަށް އިތުރު ގަޑީގައި މަސައްކަތް ކުރަން އެ އިދާރާގެ އިސްވެރިޔަކު ހުއްދަ ދީފައިވާކަން ލިޔެކިޔުމަކުން އެނގެން ނެތް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައި ވެ އެވެ.