ޕީޖީން ހުށަހެޅީ ކޮށްފައިވާ ދައުވާތަކަށް އިއުތިރާފުވާންޖެހޭ އެއްބަސްވުމެއް: ޝިމަން
އަދަދު
3 ޖުލައި 2025 | ބުރާސްފަތި | 7:14
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނަސޭހަތުގެ އެއްބަސްވުމެއްގެ ގޮތުގައި ހުށަހެޅީ އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިއުތިރާފުވާން މަޖުބޫރު ކޮށްފައި އޮތް އިންޒާރުގެ އެއްބަސްވުމެއް ކަމަށް ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން ބުނެފި އެވެ.
ޝިމަން އެހެން ބުނީ ޝިމަން އާއި އަބްދުالله މަހުޒޫމް މާޖިދުއަށް ނަސޭހަތުގެ އެއްބަސްވުމެއް ޕީޖީ އޮފީހުން ހުށަހެޅުމުން، އޭގައި ސޮއިކުރަން އެ ދެ މީހުން އިންކާރު ކުރިކަމަށް ވިދާޅުވެ ޕީޖީ އޮފީހުގެ ތަރުޖަމާނު، އަހުމަދު ޝަފީއު ކުރެއްވި ޕޯސްޓަކަށް ދިން ރައްދުގަ އެވެ.
ޝަފީއު ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު މިހާރު ވެސް އެ ދެމީހުންނަށް އެބަ އޮތް ކަމަށެވެ.