ޕީއެންސީގެ ވަފްދުތައް ރަށްރަށަށް ފޮނުވައިގެން އުޅެނީ އާ ހޮޅި ވައުދުތަކެއްވާން: ވައްޑެ
އަދަދު
5 ޖުލައި 2025 | ހޮނިހިރު | 5:58
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަފުދުތައް ރަށްރަށަށް ފޮނުވައިގެން އުޅެނީ އެމްޑީޕީގެ ސަފުތައް ރުކުރުވާލުމުން، އާ ހޮޅި ވައުދުތަކެއްވާން ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވައްޑެ ވިދާޅުވީ، ކައުންސިލް އިންތިހާބާ ދިމާކޮށް ޕީއެންސީގެ ވަފުދުތައް ރަށްރަށަށް ފޮނުވައިގެން އުޅެނީ ރައްޔިތުން އޮޅުވާލައި ސްކޭމް ހިންގަން އައު މައުލޫމާތުތަކެއް ހޯދަން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުތައް ހުންނެވި ގޮތުން އެމަނިކުފާނާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ވައްޑެ ވިދާޅުވި އެވެ.