މާލޭގައި ބުޅާތައް މަރުވާން ސަރުކާރުން ވަނީ ދޫކޮށްލާފައި: އާޒިމް
އަދަދު
4 ޖުލައި 2025 | ހުކުރު | 10:45
މާލޭގެ މަގުތައް މަތީގައި ގިނަވެގެން އުޅޭ ބުޅާތައް ގެންދަން މާލެ ސިޓީ ކައުންސިލުން ހެދި ބުޅާ ފެސިލިޓީ ގަދަކަމުން އަތުލުމަށް ފަހު, ބުޅާތައް މަރުވާން ސަރުކާރުން ދޫކޮށްލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ތުހުމަތު ކުރައްވައިފި އެވެ.
މާލޭގައި އުޅެމުން ދިޔަ ބުޅާތަކުގެ ތެރެއިން އެތައް ސަތޭކަ ބުޅަލެއް ވީނުވީއެއް ނޭނގި މަދުވެފައިވާ މައްސަލައާ ގުޅިގެން މޭޔަރު އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި އެޅި ބުޅާ ފެސިލިޓީ މި ސަރުކާރުން ގަދަކަމުން އަތުލުމަށްފަހު އެތަނަށް ގެންގޮސްގެން ބަލަހައްޓަމުން ގެންދަނީ ގޭގޭގައި ގެންގުޅޭ އޮޅު ބުޅާތައް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މަގުމަތީ އުޅޭ ބުޅާތައް ލާން އެމްސީސީން [މާލެ ސިޓީ ކައުންސިލުން] ހެދި ތަނެއް އެއީ، ނަމަވެސް އަދިވެސް ބުޅާތައް ނުގެންގޮސް ރައްޔިތުން ބުޅާ ނަޖިހުގައި އުޅެން ޖައްސާފައި އަދި ބުޅާތައް މަރުވާން ދޫކޮށްލައިގެން ސަރުކާރުން އެ ތިބީ،" އާޒިމް ވިދާޅުވި އެވެ.