ދިވެހި ކަނޑު މަސް ޗައިނާގައި ބަންދުކުރުން މިނިސްޓަރަށް މޮޅު ކަމަކަށް ވުމުން އަމްރު އާއި އުމަރު ފާޑުކިޔައިފި
އަދަދު
5 ޖުލައި 2025 | ހޮނިހިރު | 10:44
ރާއްޖެ-ޗައިނާ ފްރޭ ޓްރޭޑް އެގްރީމަންޓު (އެފްޓީއޭ) ގެ ދަށުން ޗައިނާއަށް ބޭރުކުރި ދިވެހި ކަނޑުމަސް އެ ގައުމުގައި ދަޅުގައި ބަންދުކުރަން ފެށުމަކީ ކާމިޔާބީއެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފާހަގަކުރެއްވުމުން އިދިކޮޅުން ފާޑުކިޔައިފި އެވެ.
އިދިކޮޅުގެ ފާޑުކިޔުން އަމާޒުވީ ސޯޝަލް މީޑިއާ ޕޯސްޓުގައި ޝިޔާމް ވަނީ، ރާއްޖޭން ބާނާފައިވާ ކަނޑުމަހުގެ ފުރަތަމަ ސާމްޕަލް ބެޗުގެ އުފެއްދުންތައް ތައްޔާރުކުރި ކަމަށް ޓަކައި ވޭހައި ކިޔުޒީ ބްލޫސީ ފުޑްސް އަދި ޖިންވީޑާއޯ ބްރޭންޑް ޓީމަށް މަރުހަބާ ކިޔާފަ އެވެ.
ޗައިނާ ކުންފުނިން ދިވެހި މަސް ބަންދުކުރަން ފެށުމަކީ، ޝިޔާމް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އެފްޓީއޭގެ ދަށުން، ސުން ރޭޓުގައި ދިވެހި މަހުގެ އުފެއްދުންތައް ޗަައިނާއަށް އިމްޕޯޓުކުރުމުގެ ބޭނުން ހިފަން އެޅި މުހިންމު ފިޔަވަޅަކެވެ. އަދި މިއީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ކޮލިޓީ ދިވެޔި މަހުގެ އުފެއްދުންތަކަށް އާ ބާޒާރުތައް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ބަޔެއް ކަމަށް އޭނާ ވިދާޅުވި އެވެ،