ވިލުފުށި ތެޔޮ ބޯޓެއްގައި ރޯވެ ފިހުނު މީހާ އަދިވެސް ވެންޓިލޭޓަރުގައި

އަދަދު

6 ޖުލައި 2025 | އާދިއްތަ | 1:18

ތ. ވިލުފުށި ތެޔޮ ބޯޓެއްގައި ޖުލައި 1، ގައި ރޯވެ ފިހުނު މީހާއަށް އަދިވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހުނު 61 އަހަރުގެ ދިވެހި މީހާއަށް ފަރުވާދެނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

ވިލުފުށި ބަނދަރުގައި އޮތް އެ ތެޔޮ ބޯޓުގައި ރޯވި ހާދިސާގައި ދިވެހި މީހާގެ އިތުރުން ބިދޭސީއަކު ފިހިގެން ވިލުފުށި ހެލްތު ސެންޓަރަށް ގެންދިޔަ އެވެ. ނަމަވެސް ބިދޭސީ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ނުލިބެ އެވެ.

މައުޟޫޢުތަށް