މި މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ބުނި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ހުއްޓިފަ އޮންނަތާ 10 މަސް ދުވަސް
އަދަދު
7 ޖުލައި 2025 | ހޯމަ | 10:25
މި މަހުގެ ނިޔަލަށް ހިއްކާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މެދުކެނޑިފަ އޮންނަތާ 10 މަސް ދުވަސް ވެއްޖެ އެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން މި މަހުގެ ނިޔަލަށް ނިންމާނެކަމަށް ރައީސް މުއިއްޒު ފުރަތަމަ ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ. ބިން ހިއްކާ ނިމުމާއެކު ގޯތި ދޫކުރަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ ފަހުން މެއި 3، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ.
"ދެން ފޭސް ތްރީގައި މިހާރު ހިއްކަމުންދާ ބިން ހިއްކުމުގެ މަސައްކަތް، އެޗްޑީސީއިން އަޅުގަނޑަށް އެންމެފަހުންވެސް އަޕްޑޭޓް ދީފައި އެބައޮތް. އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވި ޑޭޓަށް ނިންމާނެ ކަމަށް. ޖުލައި މަހުގެ ނިޔަލަށް ބިން ހިއްކައި ނިމުނީމަ. އެ ތަނުން ދޫކޮށްފައި ހުރި ގޯތިތައް އެފަރާތްތަކާ ހަވާލުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.