ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

އަދަދު

6 ޖުލައި 2025 | އާދިއްތަ | 12:14

ސައުދީ އަރަބިޔާ އިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ޔަހްޔާ ހަސަން އަލްގަތާނީ، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.

ރައީސް އޮފީހުން ބުނީ ސައުދީ ސަފީރު ރައީސަށް ފަތްކޮޅު އެރުއްވީ މިއަދު ހެދުނު އެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވި އެވެ. މި ރަސްމިއްޔާތަށް ފަހު ރައީސް އާއި ސަފީރު ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށާއި ސައުދީން މެދުކެނޑުމެއްނެތި ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ރައީސް ޝުކުރު ދެންނެވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް