ރާއްޖޭގެ މޮޅެތި ދަރިވަރުން ބޭރުގައި ކިޔަވަނީ ދަށް ޔުނިވާސިޓީތަކުގައި: އައިޖީއެސް
އަދަދު
6 ޖުލައި 2025 | އާދިއްތަ | 9:40
ރާއްޖޭގެ މޮޅެތި ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުން ބޭރުގައި މަތީތައުލީމު ހާސިލު ކުރަނީ އެކަށީގެން ނުވާ ޔުނިވާސިޓީތަކުން ކަމަށް އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އައިޖީއެސް އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް ދަރިވަރުން ހިމެނޭހެން ރާއްޖޭގައި ތިބި މޮޅެތި ގިނަ ދަރިވަރުން ކިޔަވަނީ އެކަށީގެން ނުވާ ޔުނިވާސިޓީތަކުންނެވެ.
އެ ދިރާސާގައި 2022 އަދި 2023 ގައި ސްކޮލާޝިޕް ލިބިގެން ކިޔަވަންފެށި ދަރިވަރުންގެ ނަތީޖާ އާއި އެކުދިން ކިޔަވާ ޔުނިވާސިޓީ އާއި ޔުނިވާސިޓީ ރޭންކިންގެ އިތުރުން އެލީޓް ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތައް ބެލި އެވެ.