ދަރިވަރުންނާއި ޓީޗަރުންނަށް ފުރައްސާރަކުރުމަށް ހިންގަމުންދިޔަ 42 ޕޭޖެއްގެ މައްސަލަ ތަހުގީގު ކުރަނީ
އަދަދު
6 ޖުލައި 2025 | އާދިއްތަ | 7:24
ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި ފުރައްސާރަ ކުރުމަށް ހިންގަމުންދިޔަ 42 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ސޯޝަލްމީޑިއާ ބޭނުންކޮށްގެން ސައިބާ ބުލީއިންގެ އަމަލުތައް ހިންގާ މިންވަރު އިތުރުވަމުން ދާތީ އެކަން ހުއްޓުވުމަށްޓަކައި ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
"މިގޮތުން ފާއިތުވި ހަފުތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ދަނީ ބަލަމުންނެވެ،" ފުުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.