ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަދަދު
6 ޖުލައި 2025 | އާދިއްތަ | 7:11
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ތިން ބޭފުޅެއްގެ ދައުރު ހަމަވާތީ އެ ތިން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 20، ގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.