ތިނަދޫގެ މޭޔަަރު ސައުދު އާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑު ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

އަދަދު

6 ޖުލައި 2025 | އާދިއްތަ | 7:56

ތިނަދޫ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އެ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހުށަހެޅި މައްސަލާގައި އެ ދެ ބޭފުޅުންގެ ފަރާތުން އެދިފައި ވަނީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެލްޖީއޭއިން އަޅާފައިވާ ފިޔަވަޅުތައް ބާތިލުކޮށްދިނުމަށެވެ.

ޖޫން 25، ގައި މޭޔަރު ސައުދު ސަސްޕެންޑު ކުރީ ތިން މަސް ދުވަހަށް ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ ސަސްޕެންޑު ކުރީ އެއް މަސް ދުވަހަށެވެ.

މައުޟޫޢުތަށް