ޝަމްހީދުގެ ހިޔާލަކީ ސުލޫކީ މައްސަލަތަކަށް ވަކި ކޮމިޓީއެއް އުފެއްދުމާއި، ފަނޑިޔާރުން ވަކިކުރަން ހާއްސަ ކޯޓެއް އުފެއްދުން
އަދަދު
7 ޖުލައި 2025 | ހޯމަ | 10:09
ފަނޑިޔާރުގެ ހަގީގީ މާނައިގައި މިނިވަން ކުރުމަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ޖޭއެސްސީގެ ބޭރުން ވަކި ކޮމިޓީއެއް އުފައްދައި ވަކި ފަންތިއެއްގެ ފަނޑިޔާރުން ވަކިކުރަން ހާއްސަ ކޯޓެއް އުފެއްދުމުގެ ހިޔާލު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވަނީ ފަނޑިޔާރުގެއާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ރައްޔިތުން ބޭނުންވާ ފަދަ އިންސާފު ލިބޭނެ ކޯޓުތަކެއް ގާއިމުކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. އެ ކޮމިޝަނުގައި ހަމައެކަނި ގާނޫނީ އަދި ޕްރޮފެޝަނަލް ދާއިރާގެ މީހުން ތިބޭ ގޮތަށް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.